ހަޔާ އެޑިޔުކޭޝަން ލޯން ސްކީމަށް ކަނޑައެޅޭ ބަޖެޓުގެ ތެރެއިން އެންމެ މަދުވެގެން 50 ޕަސެންޓު ހުރިހާ ދާއިރާއެއްގެ "ހައިލީ ޓެކްނިކަލް ފީލްޑްތަކަށް" ހާއްސަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
އެމަނިކުފާނު އެގޮތަށް ނިންމެވީ އިއްޔެ ބޭއްވި ވަޒީރުން މަޖިލީހުގެ ބައްދަލުވުމުގައި އެގޮތަށް އެކަން ކުރުމަށް ވަޒީރުން ވެސް ލަފާ ދެއްވުމުންނެވެ. މިފަދަ ދާއިރާތަކުގެ ތެރޭގައި އިންޖިނިއަރިން އަދި ކޯޑިން ފަދަ ދާއިރާތައް ހިމެނެއެވެ.
މީގެކުރިން ލޯނު ދޫކުރާއިރު ވަކި ދާއިރާއަކަށް ހާއްސަ ކޯޓާއެއް ކަނޑައަޅާފައެއް ނޯވެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިސްކަންދީ، ރާއްޖެ އާއި ބޭރު ގައުމުތަކުގައި މަތީ ތައުލީމު ހާސިލްކުރަން ސްޓޫޑެންޓް ލޯނުގެ ގޮތުގައި 500 ޖާގަ ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 29ވަނަ ދުވަހުއެވެ. ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު މި ލޯން ސްކީމުގެ ދަށުން ލިބޭނެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ