އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ސިމެންތީގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއަކީ ރާއްޖޭގައި ކޮންސްޓްރަކްޝަންގެސާމާނު އެންމެ ފުޅާ ދާއިރާއެއްގައި އެތެރެ ކޮށް ވިއްކަމުން އަންނަ ކުންފުންޏެވެ.
އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ބައްލަވައި ގަންނަވާ "ޕަޔަނިއާ" ބްރޭންޑްގެ 50 ކިލޯގެ ސިމެންތި ބަސްތާ އެއް ޖީއެސްޓީ ނުހިމަނާ 90 ރުފިޔާ އަށް ލިބިގެން ދާނެއެވެ. މިއީ އާންމު އަގުންނަމަ 108ރ އަށް ވިއްކަމުންއައި ސިމެންތި ބަސްތާއެކެވެ. އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަނުން ލިބިގެންދާ ހާއްސަ އަގުގެ ސަބަބުން އިމާރާތް ކުރުމުގެ ދާއިރާގައި ހިމެނޭ ކޮންޓްރެކްޓަރުންނާއި، އަތޮޅު ތެރޭގައި ސިމެންތި ވިއްކާ ފަރާތްތަކާއި އަދި އާއްމު ފަރުދުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.
މީގެ އިތުރުން 1500 ރުފިޔާ އަށް ވުރެއް މަތިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށްވެސް ލޯޑް ކުރުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކަށް ހިލޭ ޑެލިވެރީ ކޮށްދެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
ޕަޔަނިއާ ސިމެންތި އަކީ ޔޫއޭއީގައި އެންމެ މަގުބޫލު އެއް ސިމެންތި ބްރޭންޑެވެ. މި ސިމެންތި އަކީ 5N ،BS EN 197-1:2011 CEM ގްރޭޑްގެ އޯޕީސީ ސިމެންތި އެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހު 29 އިން ފެށިގެން މެއި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ