ރިޔާސީ އިންތިހާބާއި ރައްޔިތުން މަޖިލިސް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްތިއުފާ ދެއްވުމަށް ބައެއް ފަރާތްތައް ގޮވާލި ނަމަވެސް، އެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ވަނީ މަޖިލީހުގެ އިންތިހާބަށްފަހު، ފުރަތަމަ ފަހަރަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ބައްދަލުވުމަށް މީޑިއާ ވައްދާފައެއް ނުވެއެވެ.
ނަމަވެސް އެ ބައްދަލުވުމަށްފަހު ނޫސްވެެރިންގެ ބައްދަލުވުމެއް ބޭއްވިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ބަލިވުމަށްފަހު މިއީ މިގޮތަށް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި "ހަތާވީސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ އިންތިހާބުތަކުން ބަލިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެކަމުގެ ދިރާސާއެއް އެ ޕާޓީން ހަދާނެ ކަމަށެވެ.
ފައްޔާޒުގެ އިސްތިއުފާ އަށް ގޮވާ ގޮވުންތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ ވާހަކަ ބޮޑަށް ދައްކަމުން ގެންދަނީ އެމްޑީޕީއާ އިދިކޮޅު ފަރާތްތައް ކަމަށެވެ.
"މިވަގުތު އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް އިނގޭތޯ،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒުގެ އިސްތިއުފާއާ ގުޅޭ ސުވާލާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް ޝާހިދު ވެސް ވާހަކަދެއްކެވިއެވެ. ވިދާޅުވީ މިވަގުތު އެޕާޓީގެ ލީޑާޝިޕްގައި ތިއްބެވީ ބަލިވާ ކޮންމެ ފަހަރަކު މައިދާން ދޫކޮށް ފިލާނެ ބައެއް ނޫން ކަމަށެވެ.
"ޗެއާޕަސަން އިސްތިއުފާ ދެއްވުމަށް ގޮވާލާ ވާހަކައާ އިސްތިއުފާ ދެއްވާނަންތޯ ތިކުރެއްވި ސުވާލަށް އަޅުގަނޑު ޗެއާޕާސަން އަރިހުން އެދެން އެއްވެސް ހާލެއްގައި އިސްތިއުފާ ދެއްވައިގެން ނުވާނެ،" ޝާހިދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ފައްޔާޒު އަށް ޕާރޓީ ނުހިންގުނީކީ ނޫން. ވެރިކަމުގަ ހުރި ސޮހަލަށް މެޖޯރިޓީ ރައްޔިތުން ބޭނުންވި ގޮތަށް ވެރިކަން ނުހިންގުނީ. ދައުލަތް ލޫޓު ކުރަން ފުރުސަތު ދިނީ ސަރުކާރުން. ވެރިކަމުގަ ތިބި ނަމަ މަޖުލިސް ވެސް ލިބުނީސް
އަހޫ