މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ސަރުކާރުގެ ބައެއް ވުޒާރާތަކާއި ކުންފުނިތައް ގުޅިގެން ފަށައިފިއެވެ.
ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމަންޓާއި ހައުސިން މިނިސްޓްރީ އާއި ވެމްކޯ އަދި ފުލުހުންނާއި އެމްޕީއެލް ގުޅިގެން މާލޭގެ އިންޑަސްޓްރިއަލް ވިލެޖު ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
"އަޅުގަޑު އެދެނީ މާލެ ސިޓީގެ އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށް އަދި މާލެ ސިޓީ ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް. މިސާލަކަށް ކުޅުޖެހުން، ޓިސޫ އެއްލާލުން، ޕެކެޓް، ދަޅުފަދަ ތަކެތި އެއްލާލުން ހުއްޓާލެއްވުން އެދެން،" އާދަމް އާޒިމް ވިދާޅުވިއެވެ.
މާލެ ސިޓީ ސާފު ތަނެއްގެ ގޮތުގައި ބެހެއްޓުމަށްޓަކައި ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް މާލޭގެ މަގުތަކަށް ކުނި އަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް ފިޔަވަޅު އަންނަނީ އަޅަމުންނެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށް ތަރައްގީ ކޮށްފައިވާ ސަރަހައްދަކަށްވީ ނަމަވެސް އެތަން ގިނަ ބަޔަކު ބޭނުން ކުރަނީ ގޮނޑެއްގެ ގޮތުގައެވެ. އެތަނުގައި ހަލާކުވެ ބޭނުން ނުކުރެވޭ އުޅަނދުތަކާއި އެނޫންވެސް ކުނިބުނި ބައެއް ފަރާތްތައް އަޅަމުން ގެންދާ ކަމުގެ ޝަކުވާ އަކީ އާއްމު ފަރާތްތައް ކުރަމުން އަންނަ ޝަކުވާއެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތީ އަގުމާ މީހުން ކޮންސްޓްރަކްސަން ގެ ސާމާނުބަހައްޓަން ދީފާ އޮތް ތަނެއް އެތަކެތި ނެގޭނެ ހިތްވަރު އެބަހުރިބާ؟މިހާރުވެސް ފޮޓޯ ތަކުން ފެންނަނީ އަގުމާ ގެ ތަކެތި ކެރޭން،ޕަންޕު،ސިމެންތި ގަށާ2މެސިނު،ލޮރީއެތަކެތި ބޭރު ކޮއްލާނެހާ ހިތްވަރު އެބަހުރިބާ؟؟
ގަސިމް