އިންޑިއާގެ ކޯސްޓްގާޑާއި އެންޓި ޓެރަރިޒަމް ސްކޮޑް (އޭޓީއެސް) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިންޑިއާގެ މަސްބޯޓަކުން 173 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ގުޖުރާތުން އެ މައްސަލައާ ގުޅޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އައިސީޖީން ނެރުނު ބަޔާނެއްގައި ބުނީ ދެ ދުވަހަށް ވުރެ ދިގު މުއްދަތަކަށް ހިންގި މި އޮޕަރޭޝަންގައި ދެ ކުށްވެރިންނާއި 173 ކިލޯގެ މަސްތުވާތަކެއްޗާއެކު ދަތުރުކުރި އިންޑިއާގެ މަސްބޯޓެއް އަރަބި ކަނޑުން އަތުލައިގެންފައިވާ ކަމަށެވެ.
އޭޓީއެސް ގުޖުރާތުން ލިބުނު މައުލޫމާތަކާ ގުޅިގެން އައިސީޖީން ވަނީ އެ ބޯޓު ދެނެގަތުމަށް އަރަބި ކަނޑު ހުރަސްކޮށް އެ އެ އިދާރާގެ އުޅަނދުތަކާއި މަތިންދާބޯޓުތައް ފޮނުވައިފަ އެވެ. މި މަހުގެ 28 ވަނަ ދުވަހު އެ ބޯޓު ހުއްޓުވައި 173 ކިލޯގެ މަސްތުވާތަކެއްޗާއި ދެ ފަޅުވެރިއަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އޭޓީއެސް އާއި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ގުޅިގެން ގުޖުރާތުގެ އައްސޭރިފަށުން ޕާކިސްތާނުގެ 14 މީހަކު ހައްޔަރުކޮށް އެ މީހުންގެ އަތުން 602 ކްރޯޑް ރުޕީސްގެ 86 ކިލޯގެ މަސްތުވާތަކެތި މިދިޔަ އާދީއްތަ ދުވަހު ވަނީ އަތުލައިގެންފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ