އަދާލަތު ޕާޓީގެ ރައީސް އަދި ކުރިީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ ކާރު އެކްސިޑެންޓްވުމުން އެކަން ފުލުހަށް ރިޕޯޓްކުރަން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އިންތިހާބީ މެމްބަރު އިމްރާން ލަތީފް ހުރަސް އެޅި ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އިމްރާންގެ ކާރާއި ޕިކަޕެއް ޖެހި އެކްސިޑެންޓްވުމުން އިމްރާން ލަތީފް އެތަނަށް ވަޑައިގެން ޕިކަޕު ދުއްވި މީހާއަށް މައާާފްކޮށް އޭނާ ދޫކޮށްލަން ޝައިހް އިމްރާންގެ ކިބައިން އެދޭ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނުގައިވަނީ އެކްސިޑެންޓެއް ހިނގުމުން, ފުލުހުން އެ ސީނަށް ހާޒިރު ވަންދެން ޝައިޚް އިމްރާނާއި ޕިކަޕް ދުއްވި ޑްރައިވަރު މަޑުކުރައްވައިގެން ތިއްބަވަނިކޮށް އިންތިޚާބީ މެންބަރު އިމްރާން ލަތީފް އެތަނަށް ވަަޑައިގެން ޝައިޚް އިމްރާން އަށް ނިސްބަތްކޮށް ދޮގު ތުހުމަތުކޮށް އަދި ޕިކަޕް ޑްރައިވަރަށް ނިސްބަތްކޮށް ނިކަމެތި ބަސް ބޭނުންކުރި ކަމަށެވެ. އަދި އެކްސިޑެންޓް ފުލުހަށް ރިޕޯޓް ކުރުމަށް އިންތިޚާބީ މެންބަރަކު ހުރަސް އެޅި ކަމަށް އެ ބަޔާނުގައިވެ އެވެ.
"މަގުމަތީގައި ހިނގާ އެކްސިޑެންޓްތަށް ފުލުހަށް ރިޕޯޓް ކުރުމުގެ ޤާނޫނީ ޒިންމާއެއް އޮތްއިރު މި ޒިންމާ އަދާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ މެންބަރަކު ހުރަސް އެޅުއްވުމާއި, ސިޔާސީގޮތުން ޚިޔާލު ތަފާތުވާ ފަރާތްތަކަށް މަގުމަތިން ދިމާކޮށް އާޑަފުރައްސާރަ ކުރުންފަދަ ކަންކަމަކީ, ޤާނޫނު ތަންފީޒު ކުރުމަށް ތަންފީޒީ އިދާރާތަކަށް ދަތިވާނެ އަދި މުޖުތަމަޢުގެ މަސަލަސްކަން ގެއްލުމަށް މެދުވެރިވެދާނެ ފަދަ ކަންކަމެވެ." އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އަމިއްލައަށް ޤާނޫނު ތަންފީޒުކުރަން އުޅުމާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ހުރަސް އެޅުމަކީ އާންމު ރައްޔިތުންނާއި އަދި ވަކިން ޚާއްސަކޮށް ޤާނޫނު ހެދުމުގެ ޒިންމާ ހަވާލުވެފައިވާ މެންބަރެއްގެ ކިބައިން ފެނިގެންވާނެ ކަންކަމެއް ނޫން ކަމަށެވެ.އަދި ސޯޝަލް މީޑިއާގައި ޕިކަޕް ޑްރައިވަރާއި ޝައިޚް އިމްރާން ފަޟީޙަތްކުރުމަށް ކުރި މަސައްކަތް އެ ޕާޓީއިން ކުށްވެރިކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ