ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން އުޅެނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް އެ މައްސަލާގައި ހައްޔަރުކުރި މުހައްމަދު ނަބީލް ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
ޓިކްޓޮކްގައި ޔާޔާގެ ނަމުގައި އުޅޭ ނަބީލް އަންހެން ހެދުން އަޅައިގެން އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް އުޅޭ މައްސަލާގައި ފުލުހުން ވަނީ އޭނާ އިއްޔެ ހައްޔަރުކޮށްފަ އެވެ.
ނަބީލްގެ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ޓިކްޓޮކްގައި އެފަދަ ކަންކަން ކުރަނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ދަށުން ކަމަށް ނަބީލް ކޯޓުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް އޭނާއަކީ ކުރިން މިފަދަ ކުށެއް ސާބިތުވެ އަދި ކުށުގެ ރެކޯޑް އޮތް މީހަކަށް ވާތީ މުޖްތަމައުގެ ސަލާމަތަށްޓަކައި އޭނާ 15 ދުވަހަށް ބަންދުކުރީ ކަމަށް އެ އަމުރުގައިވެ އެވެ.
ޔާޔާގެ މައްޗަށް ކުރިން އިއްވި އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ. އޭނާ މިފަހަރު ހައްޔަރުކުރީ މިނިވަންވެފައި ވަނިކޮށް ޓިކްޓޮކްގައި އަނެއްކާވެސް އަންހެން ހެދުން އަޅައިގެން އުޅެން ފެށުމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެއީޚިޔާލުފާޅުކުރުމުގެމިނިވަންކަމެއްނޫން އެއީޖާހިލުކަން
އިއްބެ