ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީއިން ރާއްޖެއަށް ހަތަރު އެވޯޑެއް ލިބިއްޖެއެވެ.
ދުބާއީގައި ކުރިއަށް ދާ އަރަބިއަން ޓްރެވަލް މާކެޓް (އޭޓީއެމް) ގެ މި އެވޯޑް ހަފްލާގައި ރާއްޖެއަށް ލިބިފައިވަނީ އިންޑިއަން އޯޝަން ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.
މީގެކުރިން ވެސް ވޯލްޑް ޓްރެވަލް އެވޯޑްސްގެ ޝަރަފުވެރި އެވޯޑުތަކެއް ރާއްޖެއިން ހާސިލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީ ބޯޑުގެ ޗެއަޕާސަން އައިޝާ ނޫރައިން ޖަނާހާއި އެމްއެމްޕީއާރްސީގެ ސީއީއޯ ފާތިމަތު ތައުފީގާއި ޓޫރިޒަމް ޑިވެލޮޕްމަންޓަށް ރައީސް އައްޔަންކުރައްވައިފައިވާ އެޑްވައިޒަރު މުހައްމަދު ހަލީލް ބައިވެރިވެ ވަޑައިގަތެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރުން ފެށިގެން ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ. މި އެވޯޑްތަކުގެ ބޭނުމަކީ ދުނިޔޭގެ ފެންވަރުގައި ދަތުރުފަތުރާއި ޓޫރިޒަމްގެ ހުރިހާ ދާއިރާއަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަން ކުރުމެވެ.
މީގެކުރިން ރާއްޖެއިން ވަނީ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް 17 ފަހަރަށް އަދި ލީޑިން ހަނީމޫން ޑެސްޓިނޭޝަންގެ އެވޯޑް ހަ ފަހަރު އަދި ލީޑިން ޑައިވް ޑެސްޓިނޭޝަންގެ އެވޯޑް ނުވަ ފަހަރު ކާމިޔާބުކޮށްފަ އެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން