ފެހުމާއި ފެޝަން ޑިޒައިން ކުރުމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯދުމަށް ބީސީސީން ހާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
ބީސީސީން މިއަދު ބުނީ އެސްއެމްއީ ހަބްގެ ދެވަނަ ފަންގިފިލާގައި ބޭއްވި މި ބައްދަލުވުމަކީ، ދިވެހިރާއްޖޭގައި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެފަދަ ދާއިރާތަކުގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ޓަކައި ބީސީސީއިން "ކްރިއޭޓިވް ކޮންފްލުއެންސް"ގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ.
އެ ބައްދަލުވުމުގައި ފެހުމާއި ފެޝަން ޑިޒައިނިންގެ ދާއިރާގައި ހަރަކާތްތެރިވާ 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.
އެ ފަރާތްތަކުން ވަނީ މި ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުސަތުތައް ހިއްސާކޮށް އެކަންކަމާމެދު ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައެވެ.
ރާއްޖޭގެ ދެކުނުގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ބީސީސީން ކުރަމުންދާއިރު، އެ ބައްދަލުވުން ވެގެންދިޔައީ އެ މަސައްކަތަށް ބޭނުންވާ މުހިންމު މައުލޫމާތާއި މަޝްވަރާ ލިބިގެންދިޔަ ބައްދަލުވުމަކަށް ކަމަށް ބީސީސީން ބުންޏެވެ.
އެގޮތުން މިފަދަ ފެކްޓްރީއެއް ގާއިމް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި، ފަހިވާންޖެހޭ ފުރުސަތުތަކުގެ މައުލޫމާތު އެ ފަރާތްތަކުން ވަނީ ބީސީސީއާ ހިއްސާ ކޮށްފައެވެ.
ފުރިހަމަ ފަންނުވެރި އިގްތިސޯދެއް ބިނާކުރެވޭނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވިގެން ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އެހެންކަމުން އެފަދަ ކޮންފުލުއެންސް ތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއެކު ސަރުކާރުން ރާއްޖޭގައި ގާއިމް ކުރުމަށް މަސައްކަތްކުރަމުންދާ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އީޖާދީ އަދި ފަންނުވެރި އިގްތިސޯދަށް ފަހި ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު އެއްކުރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެކެއް ކަމަށް ބީސީސީން ބުންޏެވެ.
ބީސީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި އެފަދަ އިތުރު ކޮންފުލުއެންސް ތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުން ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ