ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
އެ ބިދޭސީ މީހާ އެއާޕޯޓުގެ މުވައްޒަފުންތަކަކަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އަންނަނީ މިހާރު ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެމީހާ އަކީ އެއާޕޯޓަށް ފުރަން ގޮސް އުޅުނު ޕަސިންޖަރެކެވެ. އަދި ރުޅި އައިސްގެން ހުރެ އެމީހާ އެއާޕޯޓުގެ މުވައްޒަފެއްގެ ގައިގައި ގޮށް މުށުން ޖަހާ މަންޒަރު ފެނެއެވެ.
އެ މުވައްޒަފު ގައިގާ ބިދޭސީ މީހާ ޖެހުމުން އިތުރު މުވައްޒަފަކު އެ ބިދޭސީ މީހާ ކޮށްޕާ މަންޒަރުވެސް ފެނެއެވެ. އެއާއެކު އޭނާ ކޮށްޕާލި މުވައްޒަފު ގައިގާ ވެސް ޖަހާ މަންޒަރު ވީޑިއޯ އިން ފެނެއެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނުގެ ވަގުތެއްގައި އެއާޕޯޓުގައި މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ހީވަނީ އިޒުރޭލު މީހަކަށް އަވަހަށް ޑީޕޯޓްކޮށްލަންވީ
ހައްވާ