އާންމު ގޮތެއްގައި ދަރިފުޅު އުފަންވާތާ އެއް ހަފްތާ އާއި ތިން ހަފްތާ އާއި ދޭތެރޭ، ފޫޅުދަނޑި ހިކިގެން ވެއްޓެއެވެ. ފޫޅުދަނޑި ރީތިކޮށް ހިކުމަށް އެހީތެރިވެދިނުމަށް، ނެޕީ ޖައްސާއިރު ފޫޅު ނިވާނުވާ ގޮތަށް ޖެއްސޭތޯ ބަލަންވާނެއެވެ.
ފޫޅުގައި އިސްޕިރިޓު އުނގުޅުމާ ބެހޭ ގޮތުން "ތުއްތު ދަރިފުޅު" ފޮތުގައި ޑރ. ނިޔާފު ކުރު ޖަވާބެއް ދެއްވާފައިވެއެވެ. ނިޔާފު ވިދާޅުވީ ރަނގަޅު ގޮތަކީ އެއްވެސް އެއްޗެއް ފޫޅުގައި ނޫނގުޅުން ކަމާށެވެ.
މިފަދަ ޑޮކްޓަރީ މަޝްވަރާއަކާ ނުލައި ބޭނުންކުރެވޭ ތަކެތީގެ ސަބަބުން ފޫޅުހިކުން ލަސްވެއެވެ. ފޫޅު ނުވެއްޓި ތިން ހަފްތާއަށްވުރެ ގިނަ ދުވަސް ވާނަމަ، ކަމެއް ގޯސްކޮށް ނެތްކަން ޔަގީންކުރަން ޑޮކްޓަރަކަށް ދައްކާލަންވާނެއެވެ.
ވިހެއުމަށްފަހު، 24 ގަޑިއިރު ތެރޭ ފެންނުވެރުވުން
ދަރިފުޅުގެ ހަށިގަނޑުގެ ފިނިހޫނުމިން ރަނގަޅު މިންވަރެއްގައި ދެމެހެއްޓުމަށް އެންމެ ދަތިވަނީ ފުރަތަމަ 24 ގަޑިއިރު ތެރޭގައެވެ. އެހެންކަމުން ފިންޏަށް ހުށަހެޅުން ކުޑަކުރަން ފުރަތަމަ 24 ގަޑިއިރު ފެން ނުވެރުވުމަށް ޑޮކްޓަރުން ލަފާދެއެވެ.
ނެޕީ ބަދަލުކުރާއިރު ސާފުކުރުން
ޕުއްލު ލައިގެން ނެޕީ ބަދަލު ކުރާއިރު ފިނިނޫން، އަދި ހޫނުވެސް ނޫން، ފެންފޮދަކުން ދޮވެލުމަކީ އެންމެ މޮޅު އެއް ގޮތެވެ. ކުޑަ މިންވަރެއްގެ ބޭބީ ސައިބޯނި ކޮޅެއް ދޮވުމުގައި ބޭނުންކުރެވިދާނެއެވެ. ފެނުން ދޮވުމުގެ ބަދަލުގައި ތެތް ކަފަ ބޭނުންކުންކޮށްގެން ފުހެ ސާފު ވެސް ކުރެވިދާނެއެވެ. ފުހެ ސާފުކުރުމުގައި މާ ބޮޑަށް އުނގުޅާ ހެދުން ރަނގަޅެއް ނޫނެވެ.
ކިނދު ނުފިލުވުން
ޑރ. ނިޔާފާ ހަވާލާދީ "ތުއްތު ދަރިފުޅު" ފޮތުގައި ލިޔެފައިވަނީ ތުއްުތު ދަރިފުޅު ވިހެއުމުން ހަމުގައި ހުދު ތަތް މާއްދާއެއް ހާއްސަކޮށް ބޮލުގައި، ކަރުދަށުގައި އަދި ބުރަކަށީގައި ހުރެދާނެ ކަމަށެވެ. އެއީ ފިނިވުމާއި ހަމުގައި އިންފެކްޝަން ޖެހުމުން ދުރުކޮށްދޭ، ރައްކާތެރި އެއްޗެއް ކަމަށް ފޮތުގައި ބުނެފައިވެއެވެ. އެހެންކަމުން އެ މާއްދާ ނުފުހުމަށް އިރުޝާދު ދީފައިވެއެވެ.
ކޮންމެ ދުވަހަކު ސާފުކުރަން ސަމާލުވާންވީ ތަންތަން
ދަރިފުޅުގެ ކަރުދަށް، ކަންފަތުގެ ބިއްދޮށް، ކިހިލިފަތްފޮށް، އުކުޅުވަޅު، ފުރަގަސްފަރާތް ވަށާ ހުންނަ ހިސާބު ކޮންމެ ދުވަހަކު ރަނގަޅަށް ދޮވެ ސާފުކުރަންވާނެއެވެ. ޖަރާސީމުގެ އަސަރުކޮށް އެންމެ ފަސޭހައިން ހަމުގެ އިންފެކްޝަނެއް އުފެދިދާނެ ތަންތަނަކީ އެއީއެވެ.
ނޯޓް: މި ލިޔުމުގައި ހިމަނާފައިވާ މައުލޫމާތަކީ "ތުއްތު ދަރިފުޅު" ފޮތުން ނަގާފައިވާ މައުލޫމާތުތަކެވެ. އަލަށް އުފަންވާ ކުދިންނަށް އެސްޓީއޯއިން ދެމުންދާ "ހަދިޔާ ޕެކް"އާ އެކު މި ފޮތް ލިބޭނެއެވެ. މި ފޮތަށް މައުލޫމާތު ދެއްވާފައި ވަނީ އޭޑީކޭގެ ޑިޕާޓްމަންޓް އޮފް ޕީޑިއޭޓްރިކްސް އެންޑް ނިޔޯނެޓޮލޮޖީގެ ހެޑް، އަދި ޗީފް މެޑިކަލް އޮފިސަލް ޑރ. ނިޔާފެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ