ރާއްޖޭގައި ހުރި އަގުބޮޑު، އަދި އެންމެ ރީތި މިސްކިތްތައް ހުރި ތަނަކަށް ހުޅުމާލެ ދެ ވަނަ ފިޔަވަހި ވެގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝަހީމް މިއަދު ވިދާޅުވީ އަމިއްލަ ހަރަދުގައި 10 މިސްކިތެއް އެޅުމުގެ މަސައްކަތް އެކި ފަރާތްތަކުން ކުރަމުންދާ ކަމަށާއި އެގޮތުން އެންމެ ރީތި މިސްކިތްތައް ހުޅުވިގެންދާނެ ތަނަކަށް ފޭސް ދޭއް ވެގެންދާނެ ކަމަށެވެ.
"ހުޅުމާލެ ފޭސް ދޭއްގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކުރަމުންދާ ދާއިމީ މިސްކިތްތައް މިއަހަރާއި އަންނަ އަހަރު ތެރޭގައި ގިނަ ތަންތަން ހުޅުވޭނެ،" މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސަރުކާރުން އިމާރާތްކުރި މިސްކިތްތަކުގެ ކޮންޓްރެކްޓަރަކަށް ދޭންޖެހޭ 27 މިލިއަން ރުފިޔާ މި ސަރުކާރުން ދީފައިވާ ކަމަށެވެ. އަދި މިސްކިތްތައް މަރާމާތު ކުރުމަށް މިހާތަނަށް 19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އިސްލާމިކް މިނިސްޓްރީން މިހާތަނަށް 42 މަޝްރޫއު ކުރިއަށް ގެންދާ ކަމަށާއި އެ ގޮތުން ފުވައްމުލަކުގައި ގުރުއާނާ ބެހޭ މަރުކަޒަކާއި އައްޑޫ ސިޓީގައި އިސްލާމިކް ސެންޓަރެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ