ކ. ގާފަރު ފަޅުގައި 16 ރަށް ހިއްކުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން އަމިއްލަ ފަރާތަކާއި ހަވާލު ކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އެޓޯލް ވޯކްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. ރަށްތައް ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36 މިލިއަން އެމެރިކާ ޑޮލަރު ހަރުދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މި އަދަދަކީ ރާއްޖޭގައި މިވަގުތު ހިންގާ ހިއްކުމުގެ މަޝްރޫއުތަކަށްދާ ހަރަދަށްވުރެ ވަރަށް ބޮޑު ތަނުން ވެސް ކުޑަ އަދަދެއް ކަމަށެވެ.
މި މަޝްރޫއަކީ ކ. އަތޮޅުގައި އެއް ފަޅެއްގައި މިހާ ބައިވަރު ރަށްތަކެއް ހިއްކާ އެންމެ ފުރަތަމަ މަޝްރޫއުއެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 106.91 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ