މާލޭގައި ޒުވާނަކު މަރާލި މައްސަލާގައި ދައުވާލިބޭ މީހަކު ބަންދު ނުކުރަން ހައި ކޯޓުން ނިންމި ނިންމުން ބާތިލްކޮށް, އެ މީހާ ބަންދުކުރަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ސެޕްޓެމްބަރު 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދު މަނިކު މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ އދ. މާމިގިލީ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ.
އޭނާގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އޭނާ ބަންދުކުރަން ދައުލަތުން އެދުމުން ހައި ކޯޓުން ނިންމީ ބަންދު ނުކުރެވޭނެ ކަމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ހައި ކޯޓުގެ އެ ނިންމުމަކީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ނިންމުން ބާތިލްކުރާ ކަމަށް ހުކުމުގައިވެ އެވެ.
ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައި ވަނީ ސައްމާހު އަލުން ބަންދު ކުރުމާ މެދު ހަތް ދުވަސް ތެރޭގައި ހައި ކޯޓުން ގޮތެއް ނިންމަންދެން އޭނާ ރިމާންޑް ޖަލެއްގައި ބަންދުކުރަން އަންގާ ކަމަށެވެ.
ހައި ކޯޓުން އޭނާ ބަންދު ނުކުރަން ނިންމީ އޭނާގެ ކުށުގެ އިތުރު ރެކޯޑެއް ނެތުމާއި އޭނާއަކީ ޒިންމާދާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށްވާތީ ކަމަށް ބުނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ