ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އިންޑިއާ އަސްކަރިއްޔާގެ ސިފައިންގެ އެންމެ ފަހު ބެޗާއެކު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖޭން ހިނގައްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދެވެ. ވެރިކަމުގެ ހުވާ ކުރެއްވި ފުރަތަމަ ދުވަހު ވެސް އެ މަސައްކަތް އެމަނިކުފާނު ފެއްޓެވިއެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު އަނބުރާ ގައުމަށް އައިސްފައިވާ ކަމަށެވެ.
އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ އެގައުމުން ދިވެހި އަސްކަރިއްޔާ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ހެލިކޮޕްޓަރު ދުއްވުމަށާއި އޭގެ މެއިންޓަނަންސްގެ ކަންކަމަށެވެ. ޖައިސްވާލް ވިދާޅުވީ ދެން އެތަކެތި އޮޕަރޭޓު ކުރާނީ އެގައުމުގެ މަދަނީ މީހުން ކަމަށާއި އެމީހުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ދިޔައިރު ރައީސް މުއިއްޒު ވަނީ މި މަހުގެ 10ގެ ކުރިން އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ