މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށްޓަކައި މިއަދު ފެށި މަޝްރޫއު އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނެވިއިރު މަސައްކަތް ފެށި މަޝްރޫއުއެއް ކަމަށް އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އެ މަސައްކަތް ފެށީ މިއަދުއެވެ. އެ މަސައްކަތަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިސްނަގައިގެން އެމްއެންޑީއެފް އާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ގުޅިގެން ކުރިޔަށް ގެންދާ މަސައްކަތެކެވެ.
މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މާލެސިޓީ ކައުންސިލްގެ މޭޔަރަކަށް ރައީސް މުއިއްޒު ހުންނެވިއިރު މަސައްކަތް ފެށި ކަމަށެވެ. އެހެންނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ މަޝްރޫއު އަށް އެއްވެސް އެއްބާރުލުމެއް ނުދިނުމުގެ ސަބަބުން މަސައްކަތް ނުފެށި މަޑެޖެހިފައި އޮތީ ކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ.
މި ސަރުކާރު ވެރިކަމަށް އައިސް ރައީސް މުއިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާތަކުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދެއްވުމުގެ އަމަލީ މަސައްކަތް މިއަދު ފެއްޓިގެން ދިޔަކަމީ މާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމަކާއި އުފަލެއް ކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
"އެކަމަށްޓަކައި އަދުގެ ރައީސް އަށް މާލޭގެ ރައްޔިތުންގެ ނަމުގައި އާއި މާލޭސިޓީ ކައުންސިލަރުންގެ ނަމުގައި ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަން. މި މަސައްކަތަކީ ސީދާ ރައީސްގެ އިސްނެގުމަށް ސަރުކާރުން ހުރިހާ ހަރަދެއްކުރާގޮތަށް ކުރިޔަށްދާ މަޝްރޫއެއް،" ނަރީޝް ވިދާޅުވިއެވެ.
ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ މި މަސައްކަތާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅިގެންނެވެ. އެގޮތުން ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ އެ މަސައްކަތަކީ 2020ވަނަ އަހަރު ސިޓީ ކައުންސިލުން ފެށި މަސައްކަތެއް ކަމަށް ބުނަމުންނެވެ.
މާލޭގެ މަގުތަކުން ފެންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތް ހައްލު ކުރަން ފެށުނު މަސައްކަަތަކީ ޒަމާނީ ފެންވަރަކަށް މާލޭގެ މަގުތައް ހެދުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރަމުން އަންނަ މަސައްކަތެއް ކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބް މިއަދު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ