ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ކެނަބިސް ޓްރެފިކްކުރި މައްސަލައަކާ ގުޅިގެން ހިތަދޫ ހަޒާރުމާގޭ މުހައްމަދު އުބާދަތު ޙުސައިން، 29، ހޯދަން ބޭނުންވާ ކަމަށެވެ.
ފުލުހުން ބުނީ އޭނަ ހޯދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ.
އެހެންކަމުން ބަންދުގައި ބަހައްޓައިގެން މާދަމާ މެންދުރު ފަހު 1:00 އަށް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންވެ އުބާދަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށް ދޭން އެދިފައިވެއެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ