ރަސްމީ ދަތުރުފުޅެއްގައި މިހާރު ގަތަރަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ގަތަރުގެ ބޮޑުވަޒީރާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ގަތަރަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު އެގައުމުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު އައްޝެއިހް މުހައްމަދު ބިން އަބްދުއްރަހުމާން އަލްޘާނީއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ގަތަރުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް ގަތަރުން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި ދެވަޒީރުން ވަނީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ޒަމީރު ވަނީ ޣައްޒާގެ މައްސަލައިގައި ގަތަރުން އަދާކުރާ ދައުރަށް ޝުކުރު އަދާކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ބައިނަލްއަގުވާމީ ގޮތުން ކަންބޮޑުވާ ކަންކަމުގައި މަލްޓިލޭޓަރަލް ދާއިރާގައި ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ