ރާއްޖެ އަށް މިމަހުގެ 8ވަނަ ދުވަހާއި ހަމައަށް 800،000އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ 8ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 809،871 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 11 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 724،631 ފަތުރުވެރިންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު އައިސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ. އެއީ 217،392 ފަތުރުވެރިންނެވެ.
އެވްރެޖު ގޮތެއްގައި ރާއްޖެ އަށް ކޮންމެ ދުވަހަކު ވެސް މިއަހަރު 6،278 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުތަކުގެ ކުރީގައި އޮތީ ޗައިނާއެވެ. ދެވަނާގައި ރަޝިޔާ އޮތްއިރު ތިންވަނާގައި އޮތީ ޔޫކޭއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ