މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އާސަންދަ ސްކީމުން 838 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.
އާސަންދަ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހު އާސަންދަ ސްކީމުން ހަރަދު ކޮށްފައި ވަނީ 799 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ ތިންމަހު ހަރަދު ކޮށްފައިވާ މިންވަރަކީ މިދިޔަ އަހަރަށްވުރެ 4.8 ޕަސެންޓުގެ އިތުރުވުމެކެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހު އާސަންދަ ސްކީމުން 273،434 މީހުން ހިދުމަތް ހޯދިއިރު މިއަހަރު މި އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 276،439 މީހުން ވަނީ އާސަންދަ ސްކީމުން ހިދުމަތް ހޯދައިފައެވެ.
އާސަންދަ އިން މައުލޫމާތު ދިން ގޮތުގައި ރާއްޖެއިން ބޭރަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 1691 މީހަކު އާސަންދަ ސްކީމުގެ ދަށުން ފޮނުވާފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ