ރާއްޖޭގެ ބަޖެޓު ސަޕޯޓަށް އަވަށްޓެރި އިންޑިއާ އިން ރާއްޖެ އަށް ދިން 50 މިލިއަން ޑޮލަރު ދެއްކުން އިތުރު އެއް އަހަރަށް އެގައުމުން އިތުރު ކޮށްދީފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ އިންޑިއާ އިން ދީފައިވާ 50 މިލިއަން ޑޮލަރަކީ މިއަދު ދައްކަން ޖެހޭ ފައިސާއެއް ކަމަށާއި އެހެންނަމަވެސް މިއަދުން ފެށިގެން އިތުރު އެއް އަހަރު ދުވަހަށް އެ ފައިސާ ދެއްކުން ފަސް ކޮށްދީފައިވާ ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ އެގޮތަށް އިންޑިއާ އިން ނިންމީ ދާދިފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއެކު ބޭއްވެވި ބައްދަލުވުމުގައި އެގޮތަށް އެކަން ކޮށްދެއްވުމަށް އެދިވަޑައިގަތުމުން ކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ކުރިއަށްދާއިރު، އެ މަޝްރޫއުގައި ހިލޭ އެހީގެ ގޮތުގައި ކުރިޔަށްދާ މަޝްރޫއުތައް ވެސް ހިމެނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެގައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ ދިވެހި ސަރުކާރުން އުއްމީދު ކުރާ ކަމެއް ކަމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ