ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ހަމްދީ އަގީލާ އެކު، އެ ބޯޑުގެ ހަ މެމްބަރަކަށް މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަމްދީއަށް ރުހުން ދިނުމަށް 47 މެމްބަރުން ވޯޓު ދެއްވިއެވެ. މަޖިލީހުން ރުހުން ދިން ޕީސީބީ ބޯޑުގެ ބައެއް މެމްބަރުންނަކީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވި ނަންތަކެކެވެ. އެ ނަންތައް މަޖިލީހުން ދިރާސާ ކުރީ އެމްޑީޕީގެ މެޖޯރިޓީ އޮންނަ ސްޓޭޓް އެންޑް އެންޓަޕްރައިސަސް ކޮމިޓީންނެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މަޖިލީހުން ރުހުން ހޯދަން ހުށަހަޅަނީ ޕީސީބީއަށް މެމްބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.
ޕީސީބީއަށް ރުހުން ލިބުނު ނަންތައް:
- ހަމްދީ އަގީލް
- މުހައްމަދު އާޒާދު
- ލީނާ އަބްދުލްޖަލީލު
- މޫސާ ފަތުހީ
- އަހުމަދު ނަޝާތު
- ހަސަން ޒަރީރު
ޕީސީބީ ބޯޑުގެ މަސައްކަތަކީ ސަރުކާރުގެ ކުންފުނިތަކާއި އަދި ސަރުކާރު ބައިވެރިވާ ކުންފުނިތަކާއި ވިޔަފާރި އުސޫލުން ހިންގާ ސަރުކާރުގެ ތަންތަނުގެ ބޯޑަށް ސަރުކާރުން މީހުން އައްޔަންކުރުމުގައި ހަރުދަނާ އުސޫލެއް ގާއިމުކުރުމެވެ. އަދި ދައުލަތުގެ ވިޔަފާރި ތަންތަނުގެ ތެރެއިން، ކުރިއަށް އޮތްތަނުގައި ކޯޕަރަޓައިޒްކުރަން ފެންނަ ނުވަތަ ޕްރައިވަޓައިޒްކުރުން ފެންނަ ތަންތަނުގެ ލިސްޓް ކަނޑައަޅައި، އެތަންތަން ކޯޕަރަޓައިޒް ކުރުމަށް ނުވަތަ ޕްރައިވަޓައިޒް ކުރަމުން ދާންޖެހޭނެ ގޮތް ތަރުތީބު ކުރުމާއި ރައީސުލްޖުމްހޫރިއްޔާ ހުއްދަ ހޯދުމަށްފަހު، އެކަން އެގޮތަށް ކުރަމުންދިއުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ