މަރުވެފައި އޮތް މީހަކު ބަނޑޭރިކޮށި ގެއަކުން ފެނުނު މީހާގެ އޮޓޮޕްސީ ހެދުމަށް ނިންމައިފިއެވެ.
ފުލުހުންގެ ސަޕޯކްސްޕާސަން އަހުމަދު ޝިފާން ވިދާޅުވީ އެމީހާގެ އޮޓޮޕްސީ ހެދުމަށް ނިންމާފައި ވަނީ އިތުރަށް އެމީހާގެ މަރު ތަހުގީގު ކުރުމަށްޓަކައި ކަމަށެވެ. އަދި ތަހުގީގުގެ ފުރަތަމަ މަރުހަލާ ކަމުން މައްސަލައާ ގުޅޭ އިތުރު ތަފްސީލް ދެވެން ނެތް ކަމަަށް ވިދާޅުވިއެވެ.
ފުލުހުން ބުނީ މަރުވެފައި އޮތީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.
ބަނޑޭރިކޮށި ސަރަހައްދަކީ ސިފައިންގެ އާއިލާތަކަށް ދޫކޮށްފައިވާ ތަނެކެވެ.
ޝިފާން ވިދާޅުވީ އެ މީހާ މަރުވެފައި އޮތް ތަނަކީ މިހާރު ބޭނުންކުރާ ތަނެއް ނޫން ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ