އަނބުރާ ދައުލަތަށް ހޯދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންގި 50،370،521 ރުފިޔާގެ ތެރެއިން، މިހާތަނަށް ހޯދުނީ 234,531 ރުފިޔާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި އެ ކޮމިޝަނަށް މިދިޔަ އަހަރު 1،151 މައްސަލަ ހުށަހެޅިއެވެ. އޭގެތެރެއިން އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައި ވަނީ 650 މައްސަލައެެވެ. ރަޖިސްޓްރީ ނުކޮށް 501 މައްސަލައެއް އެ ކޮމިޝަނުން ދޫކޮށްލާފައިވެއެވެ. ދައުވާ ކޮށްދިނުމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް 16 މައްސަލައެއް ހުށަހެޅިއެވެ.
ދައުލަތަށް އަނބުރާ ހޯދަން އެންގި 50 މިލިއަން ރުފިޔާގެ ތެރެއިން ދެ ލައްކަ ރުފިޔާ ލިބިފައިވާއިރު މީގެތެރެއިން ބައެއް ފައިސާ ހޯދާފައި ވަނީ ރަށު ކައުންސިލްތަކުންނެވެ. އެއީ 13،559 ރުފިޔާއެވެ. އެޑިއުކޭޝަން މިނިސްޓްރީން ވެސް ބައެއް ފައިސާ ހޯދާފައި އެބަހުއްޓެވެ. އެއީ 29،120 ރުފިޔާއެވެ.
އޭސީސީ އަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ދައުލަތުގެ ކުންފުނިތަކާއި ގުޅޭ މައްސަލައެކެވެ. ކުންފުނިތަކާއި ގުޅޭ ގޮތުން 209 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވެއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް