ރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ހއ. ދިއްދޫ އަށް ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭގެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިއްސާރަ އަދި ގަދަ ވައިގެ ސަބަބުން ދިއްދޫގެ 10 ގެއެއްގެ ފުރާޅަށް ގެއްލުން ލިބިފައިވާ ކަމަށެވެ. މީގެ ތެރެއިން 6 ގެއެއްގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. ގެއްލުން ލިބުނު ގޭތަކުގެ މީހުން ގާތް ތިމާގެ މީހުންގެ ގޭތަކަށް ވަގުތީ ގޮތުން ބަދަލުވެފައިވާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ.
ދެވަނަ އަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓު ކޮށްފައި ވަނީ ތ. ތިމަރަފުއްޓަށެވެ. އެގޮތުން ވިއްސާރައިގެ ސަަބަބުން ތިމަރަފުށީގައި ވަރަށް ބޮޑަށް ފެން ބޮޑުވި ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ރަށުގެ 33 ގެއަކަށް ފެން ވަދެ އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެންޑީއެމްއޭ އިން ބުންޏެވެ. އަދި ބުނީ އެ ރަށުގައި ހެދުނު ފެންގަނޑު މިހާރު އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ހިންދާފައިވާ ކަމަށެވެ.
މީގެއިތުރުން ވެސް ވިއްސާރައިގައި އެކި ރަށްތަކަށް ލިބުނު ގެއްލުންތައް ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ މަސައްކަތް އެންޑީއެމްއޭ އާއި ރަށު ކައުންސިލްތަކާއި ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
ރޭ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ތ. އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށްތަކަށް އޮރެންޖު އެލާޓު ނެރެފައެވެ. އޮރެންޖު އެލާޓަކީ ތިން ވަނަ ލެވެލްގެ އެލާޓެވެ. އޮރެންޖު އެލާޓު ނެރެނީ އާދަޔާ ހިލާފަށް ބޯކޮށް ވާރެވެހި ފެން ބޮޑުވުމާއި، އާދަޔާހިލަފަށް ގުގުރުމާއެކު ވައި ގަދަވުން އެކަށީގެންވާ ހާލަތުގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ