ހެލްމެޓު ނާޅާ ސިނަމާލެ ބްރިޖު މަތިން ސައިކަލެއްގައި ދިޔަ ދެ މީހަކަށް ފިޔަވަޅު އަޅައިފިއެވެ.
މި ދެ މީހުން ހެލްމެޓު ނާޅާ ސައިކަލުގައި ދިޔަ ދެ މީހުންގެ ފޮޓޯ އަދި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އަދި އެފަދަ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައިފައެވެ.
ފުލުހުން މިއަދު ބުނީ އެ ދެމީހުން ދެނެގަތުމަށް ފަހު ގާނޫނުގައި ބުނެފައިވާ ގޮތަށް އެމީހުންނާއި މެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި އެމީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
ތިމާއާ އަނެކާގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ގާނޫނާ ގަވާއިދާ ހިލާފު އެފަދަ އަމަލުތައް ނުކުރުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ