ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ތިން މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
އެ ދޯނި ދަތުރު ކުރަމުން ދިޔައީ މެދުފުށި އައިލެންޑު ރިސޯޓަށެވެ. “AAA-37” ނަމަކަށް ކިޔާ އެ ދޯނީގައި ތިން މީހުން ތިބި ކަމަށާއި އެ ދޯނި ތިލަފުށިން ފުރީ އިއްޔެ ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން މިއަދު ބުންޏެވެ.
ދޯނީގެ ހަބަރެއް ނުވެގެން ކޯސްޓްގާޑަށް ރިޕޯޓު ލިބުނީ އިއްޔެ ހަވީރު 5:20 ގައި ކަމަށާއި އެ ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
އަދި އެ ދޯނި ހޯދުމުގެ މަސައްކަތް މޯލްޑިވިއަންގެ ފްލައިޓެއްގެ އެހީގައި ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ
ކޮބާ ޑުރޯނު
ޒީން