ތިލަފުށިން ފުރައިގެން މ. އަތޮޅުގެ ރިސޯޓަކަށް ތިން މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ދޯނި ގެއްލިގެން ހޯދަމުން އަންނަތާ ތިން ދުވަސް ފަހުން އެ ދޯންޏާ ގުޅިއްޖެ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެ ދޯނި ދަތުރު ކުރަމުން ދިޔައީ މެދުފުށި އައިލެންޑު ރިސޯޓަށެވެ. “AAA-37” ނަމަކަށް ކިޔާ އެ ދޯނީގައި ހަތަރު މީހުން ތިބި ކަމަށާއި އެ ދޯނި ތިލަފުށިން ފުރީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފް އިން މިދިޔަ ހޮނިހިރު ދުވަހު ބުންޏެވެ.
ގެއްލުނު ދޯނި ހޯދުމަށް އިއްޔެއާ ހަމައަށް ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ވަނީ 10،000 އަކަ ނޯޓިކަލް މޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ ގެއްލުނު ދޯނި އޮތް ސަރަހައްދަށް ކޯސްޓްގާޑް ޝަހީދު އަލީ ދަތުރު ކުރަމުން އަންނަ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ