އަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ފަސް އަހަރު ނިމެންވާއިރަށް މަސް ޕްރޮސެސްކުރާ ފެސިލިޓީތަކުގައި ބޭނުންކުރާ ހަކަތައިގެ 35 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުން ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް" ހުޅުވުމަށް ބޭއްވި ސެޝަނުގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގައި ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށާއި އެހެންކަމުން އެ ސިނާއަތަކީ ވެސް ތިމާވެއްޓާ ރަށްޓެހި ގޮތެއްގައި ކުރިޔަށްދާ ސިނާއަތަކަށް ހަދަން ބޭނުންވާ ކަމަށެވެ.
ޝިޔާމް ފާހަގަކުރެއްވި ގޮތުގައި އެކަން ހާސިލް ކުރުމަށްޓަކައި މަސްވެރިކަމުގެ ސިނާއަތަށް އައު ކަންކަން ތައާރަފު ކުރަން ޖެހެއެވެ. އަދި ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ކުޑަ ކުރުމަށްޓަކައި މަސްވެރިކަމުގެ ސިނާއަތުގައި ވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރަން ޖެހޭ ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން ޝިޔާމް ވަނީ އެކި ތަންތަނަށް މަސްތައް ހިޖުރަކޮށް މަހުގެ ސްޓޮކު އިތުރުވުން މަޑު ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"އަދި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު މަސް ނުބޭނި މަސްވެރިކަމަށް ބަރޯސާވެގެން ދިރިއުޅޭ ފަރާތްތަކަށް މީގެ އަސަރުކުރޭ. ވީމާ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާވެތިބުމަށް ވަގުތުން ވަގުތަށް ފިޔަވަޅުތައް އަޅަންޖެހޭ." ޝިޔާމް ވިދާޅުވިއެވެ.
ތައިލެންޑުގެ ބެންގްކޮކްގައި މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް"ގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ ރާއްޖޭގައި އަހަރަކު އެއްލައްކަ ކަޅުބިލަމަސް ބާނާ ކަމަށާއި އޭގެ ތެރެއިން 60 އިންސައްތަ ރޯމަހުގެ ގޮތުގައި ބޭރުކުރާ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ