ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ފުއްޕާމޭގެ އާލާސްކަންފުޅަކަށް ޖިއްދާގެ އަލްސަލާމް ގަނޑުވަރުގައި ފަރުވާ ހޯއްދަވާނެ ކަމަށް އެ ގައުމުގެ ސްޓޭޓް ނިއުސް އެޖެންސީން ބުނެފިއެވެ.
ސައުދީގެ ސްޓޭޓް ނިއުސް އެޖެންސީއާ ހަވާލާދީ ރޮއިޓާސް އިން މިއަދު ބުނީ އުމުރުން 88 އަހަރުފުޅުގެ ސައުދީ ރަސްގެފާނުގެ ފުއްޕާމޭގެ އާލާސްކަންފުޅު ރަނގަޅުވަންދެން އެންޓިބަޔޮޓިކްސް ބޭނުންކޮށްގެން ފަރުވާ ދޭނެ ކަމަށެވެ.
ރަސްގެފާނުގެ ސިއްހީ ހާލުކޮޅުގެ ސަބަބުން ސައުދީގެ ބޮޑުވަޒީރު އަދި ރަސްގެފާނުގެ ދަރިކަލުން މުހައްމަދު ބިން ސަލްމާން ޖަޕާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ވެސް ވަނީ ފަސް ކުރައްވައިފައެވެ.
ރޮއިޓާސް އިން ބުނީ މީގެ އިއްޔެގެ ވަގުތެއްގައި ރަސްގެފާން ސަލްމާން ހުން އައިސް ހުޅުހުޅުގައި ރިއްސާތީ އަލް ސަލާމް ގަނޑުވަރުގައި މެޑިކަލް ޓެސްޓުތަކެއް ހެއްދެވި ކަމަށެވެ. އަދި ފުއްޕާމޭގެ އާލާސްކަންފުޅެއް ހުންނެވިކަން އެނގުނީ އެހިސާބުން ކަމަށްވެއެވެ.
ރަސްގެފާނު އެންމެ ފަހުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ރޫޓީން ޗެކަޕެއް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ