މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ މާފަންނު ގެއެއްގެ ގްރައުންޑް ފްލޯގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އިތުރު ތަފްސީލް ލިބެމުންދާ ވަރަކަށް އެކަން ހިއްސާ ކުރާނެ ކަމަށެވެ.
މާލޭގެ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނުނުއިރު މިމަހުގެ 13ވަނަ ދުވަހު ބަނޑޭރިކޮށި އެޕާޓުމަންޓެއްގެ ތެރެއިން ވެސް މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. އަދި އޭގެ އެއް ދުވަސް ފަހުން، މިމަހުގެ 15ވަނަ ދުވަހު ހުޅުމާލޭ ފޭސް އެކެއްގެ ވެހިކަލެއްގެ ތެރެއިން ވެސް މީހަކު މަރުވެފައި އޮއްވާ ފެނުނެވެ.
ބަނޑޭރިކޮށި އެޕާޓުމަންޓު ތެރެއިން މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެކެވެ. އެމީހާގެ މަރު އިތުރަށް ތަހުގީހު ކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ނިންމައިފައެވެ. ހުޅުމާލޭގެ ވެހިކަލެއް ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ބިދޭސީއެކެވެ. ނަމަވެސް އެމީހާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަމެއް ނެތް ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް އަންނަނީ....
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ