ރާއްޖެ އަށް ހުޅަނގު މޫސުމުގެ ބާރު ގަދަ ވެފައިވާތީ ކުރިޔަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.
މިމަހުގެ 15ވަނަ ދުވަހު މެޓުން ވަނީ މިމަހުގެ 16ވަނަ ދުވަހުން ފެށިގެން ފަސް ދުވަސް ވަންދެން މޫސުން ގޯސް ވާނެ ކަމަށް ލަފާ ލޮށްފައެވެ. އިއްޔެ އަށް ފަސް ދުވަސް ވެފައިވާއިރު މެޓުން ބުނީ އަދިވެސް ހުޅަނގު މޫސުމުގެ ބާރު ރާއްޖެ އަށް ގަދަ ކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ތިން ދުވަހު ވެސް އުތުރާއި މެދު ރާއްޖޭގެ ސަރަހައްދަށް އާއްމުކޮށް ވައިބާރުވެ، ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓުން ބުންޏެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުންޏެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކަކުން ވެސް އަދި ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ގެއްލުންތައް ކުޑަކުރަން ރައްކާތެރިކަން ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް މެޓުން ވަނީ އެދިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ