މިފްކޯގެ ސީއީއޯގެ މަގާމުން އިއްޔެ ވަކިކުރެއްވި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކޮށްފިއެވެ.
ބައެއް މީޑިއާތަކަށް ސަމާހް ވިދާޅުވެފައި ވަނީ އޭނާ ވަކިކުރީ އަމިއްލަ އަށް އެދިވަޑައިގަތުމުން ކަމަށެވެ.
ސަމާހް ވަކިކުރި ސަބަބެއް ހާމަ ނުކުރި ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން ރޭ ބުނީ، ސީއީއޯ ކަމުންނާއި ކުންފުނީގެ ބޯޑުން ސަމާހު ވަކި ކޮށްފައިވާ ކަމަށެވެ.
މީގެކުރިން ސަމާހް ވަނީ ސަންސްޕެންޑުވެސް ކޮށްފައެވެ. އޭނާ ސަސްޕެންޝަނުން ވީއްލީ މިދިޔަ މަހުއެވެ.
ސަމާހު އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ސިޔާސީ ބޭނުމަށް މިފްކޯގެ އޮފީސް އިމާރާތް ބޭނުން ކުރުމާއި އާއިލީ މީހުންނަށް ވަޒީފާތައް ދިނުން ހިމެނެއެވެ. ޕީސީބީން އޭރު ބުނީ ސަމާހް ސަސްޕެންޑުކުރީ އެއްވެސް ނުފޫޒެއް ނެތި އެކަންކަން ފުރިހަމަ އަށް ތަހުގީގު ކުރުމަށްޓަކައި ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ