މޫސުން ވަރަށް ގޯސް ވާނެ ކަމަށް ލަފާކޮށް 8 އަތޮޅަކަށް އޮރެންޖު އެލާޓު ނެރެފިއެވެ.
އޮރެންޖު އެލާޓު ނެރެފައި ވަނީ ޅ. އަތޮޅުން ފެށިގެން ވ. އަތޮޅުގެ ރަށްތަކާއި ހަމައަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އޮރެންޖު އެލާޓު އެންމެ ފުރަތަމަ ނެރުނީ ހެނދުނު 9:00 އިން 12:00 އަށެވެ. ނަމަވެސް ފަހުން އެ ވަގުތު ހަވީރު 16:00އަ ހަމައަށް ވަނީ އިތުރު ކޮށްފައެވެ.
މެޓުން ބުނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 60 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ރާއްޖެ އަށް ހުޅަނގު މޫސުމުގެ ބާރު ގަދަ ވެފައިވާތީ ކުރިޔަށް އޮތް ތިން ދުވަހު ވެސް މޫސުން ގޯސް ވާނެ ކަމަށް މެޓުން ވަނީ އިއްޔެ ބުނެފައެވެ.
އައްޑޫ ބްރިޖްގެ ކޮންސަލްޓަންސީ ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި