މިމަހުގެ 28ވަނަ ދުވަހު ހުވާކުރާ 20ވަނަ ރައްޔިތުން މަޖިލީހުގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންފުޅުތައް ހުށަހަޅުއްވައިފިއެވެ.
ރައީސް މުއިއްޒު މިއަދު ވަނީ މުލީއާގޭގައި އަލަށް އިންތިހާބުވެވަޑައިގެންނެވި ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ބައްދަލު ކުރައްވަވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުރުން ޕީއެންސީގެ ޕީޖީގެ މަގާމުތަކަށް ވެސް ނަންތައް ރައީސް ހުށަހެޅުއްވިއެވެ.
މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް މުއިއްޒުގެ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ)ގެ ނަން ހުށަހެޅުއްވިއިރު އަދި މަޖިލީހުގެ ނާއިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމްގެ ނަންފުޅު ހުށަހެޅުއްވިއެވެ.
ޕީޖީގެ މަގާމުތައް:
- ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު: އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހީމް ފަލާހް
- ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރު: ބާރަށު ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހީމް ޝުޖާއު
ޑެޕިއުޓީ ޕީޖީގެ މަގާމަށް ހުށަހެޅުއްވި ނަންތައް:
- ވިލިމާލެ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު އިސްމާއީލް
- މަހިބަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ތާރިގް (ޓޮމް)
- ހުޅުދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)
ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އަމިއް ގޮތުން ޕީއެންސީއަށް ސޮއިކުރެއްވި ހަ މެންބަރުންނާއެކު ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަދަދު 74 އަށް ވަނީ އަރައިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި