ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހްމަދު ޒުހޫރު ވަކި ކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން އައްޔަންކުރެއްވި ޒުހޫރަކީ މީގެކުރިން ވެސް ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. ޒުހޫރު މަގާމުން ވަކި ކުރެއްވި ސަބަބެއް ސާފުވާ ގޮތެއް ނުވެއެވެ.
ޒުހޫރު މަގާމުން ވަކިކުރެއްވިއިރު އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވެސް ވަނީ މިއަދު އެމަގާމުން ވަކި ކުރައްވައިފައެވެ. އޭނާ އެމަގާމުން ވަކިކުރެއްވިއިރު އެމްއެމްޕީއާރްސީގެ ޗެއާމަން ނޫރައިން ޖަނާހް ވަނީ އެމަގާމުން އިސްތިއުފާ ދެއްވަވައިފައެވެ. މީގެއިތުރުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިފާޒު ވެސް ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ