ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ)ގެ އިތުރަށް، އިންޑިއާއާއެކު އިތުރު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމަށް އެ ގައުމުން އިސްވެ ހުށަހަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އެގައުމުން ހުށަހަޅާފައިވާ ފަދައިން އިންޑިއާއާއެކު އިތުރު ފްރީ ޓްރޭޑް އެގްރީމަންޓެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސައީދުގެ ވާހަކަފުޅުގައި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލައްވާފައިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމާ އެކު ވެސް ފްރީ ޓްރޭޑް އެގްރީމެންޓެއް ހެދުމަށް ވަނީ އެއްބަސްވެފައެވެ.
ސައީދު ވަނީ ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރު ތެރޭގައި އަމަލުކުރަން ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާއާއެކު މިހާރު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެ އިން ބޭނުންވާ ޒަރޫރީ ބާވަތްތައް ފަސޭހަކަމާއެކު އެތެރެކުރެވެއެވެ. އޭގެތެރޭގައި ކާޑުގެ ބާވަތްތަކާއި ހިލަ އާއި ހިލަވެލި ފަދަ ބާވަތްތައް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ