ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ހެޔޮ ވުމާއި ގުޅިގެން އެސްޓީއޯ އިން ތެޔޮ ވިއްކާ އަގު ހެޔޮ ކުރަން ނިންމައިފިއެވެ.
އެސް.ޓީ.އޯ އިން އަގަށް ގެނައި މި ބަދަލާ އެކު ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 35 ލާރި ވަނީ ކުޑަކޮށްފައެވެ. ތެލަށް ގެނައި ހެޔޮ ބަދަލަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.
ޕެޓްރޯލް ލީޓަރެއް 13.98 ރ. އަށް
ޑީސަލް ލީޓަރެއް 13.92 ރ. އަށް
އެސްޓީއޯ އިން އަބަދުވެސް މަސައްކަތް ކުރަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ޚިދުމަތްތައް ހުއްޓުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިއުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
" މި ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގަށް އަންނަ ބަދަލުތަކާއި އެކު ރާއްޖޭގައި ވިއްކާ އަގުތަށްވެސް ބަދަލު ކުރަމުން ދާނެ ކަމުގެ ޔަގީން ކަން ކަސްޓަމަރުންނަށް އަރުވަމެވެ." ތެލުގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން އެސްޓީއޯއިން ނެރުނު ބަޔާނުގައިވެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި