މިދިޔަ އޭޕްރީލް މަހުގެ 21ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގައި 20ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އިންތިހާބީ މެންބަރުން ހުވާ ކުރުމަށް ބާއްވާ ޖަލްސާ މާދަމާ އޮންނާނެއެވެ.
ރައްޔިތުން މަޖިލިސް އިދާރާ އިން މިއަދު ބުނީ 20 ވަނަ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ މާދަމާ ހެނދުނު 9:00 ގައި ކަމަށެވެ. މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ 8:45 އަށް ކަމަށް ވެސް ބުންޏެވެ.
ރަސްމިއްޔާތަށްފަހު 20 ވަނަ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފެށޭނީ އެ ދުވަހުގެ ހެނދުނު 10:15ގައި ކަމަށް ވެސް މަޖިލިސް އިދާރާ އިން ބުނެއެވެ.
އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ކަމަށް މަޖިލިސް އިދާރާ އިން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ