އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފިއެވެ.
ވިހިވަނަ މަޖިލީހަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބު ކުރެއްވީ އެންމެ 12 މެންބަރުންނެވެ. އެޕާޓީގެ ޕީޖީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް މަގާމުތަކަށް ކުރިމަތިލާން މިމަހު 21ގައި ހުޅުވާލިއެވެ.
އެމްޑީޕީން މިއަދު ބުނީ އެޕާޓީ ޕީޖީގެ މަގާމުތަކަށް މެންބަރުން އިންތިހާބު ކޮށްފައިވާ ކަމަށެވެ.
މަގާމުތަކަށް އިންތިހާބުވި މެންބަރުން:
ޕީޖީ ލީޑަރު – ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ޑެޕިއުޓީ ޕީޖީ ލީޑަރު – ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު
ޑެޕިއުޓީ ޕީޖީ ލީޑަރު – މަރަދޫ ދާއިރާގެ މެންބަރު އަޙްމަދު ދީދީ
ސެކްރެޓަރީ ޖެނެރަލް – ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް
ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް – މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު
ޗީފް ވިޕް – ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ސަމީރު
ވިޕް – ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް
ވިޕް – ކެޔޮދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިއުޝާދު
އައު މަޖިލިސް ހުވާ ކުރުން މާދަމާ ހެނދުނު 9:00ގައި އޮންނާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ