ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ކަމަކީ އެގައުމުތަކުގެ ވެއްޓުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައިދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މިވަގުތަކީ ތަރައްގީގެ މަގުގައި ކުރިމަތިވާ ދަތިތަކާ ކުރިމަތިލުމަށް ކުދި ޖަޒީރާ ގައުމުތަކުން އަމިއްލަ ގާބިލުކަން ގަބޫލުކުރަން ފަށަންވީ ވަގުތު ކަމަށެވެ.ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ކަމަކީ ބުންވަރު އާލާކުރަން ލިބޭ ހިތްވަރެއް ކަމުގައި ދެކެން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ފަރާތުން ސިޑްސްގެ ގައުމުތަކުން އެއްބާރުލުން ހޯދިދާނެ ތިން ގޮތެއް ވިދާޅުވެދެއްވިއެވެ. އެގޮތުން ބައިނަލްއަގުވާމީ މުޖުތަމައު އިން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކްރެޑިޓް އިތުރުކުރުމަށާއި ދަރަނީގެ ހަރަދުތައް ކުޑަކުރުމަށް މަގުފަހި ކޮށްދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި ދޭދޭ ގުޅުންތައް ގާއިމުކޮށްފައިވާ ފަރާތްތަކުން، ރިޓްރެކްޓިވް ފައިނޭންސިން ހިމެނޭ މާލީ އީޖާދީ ހައްލުތައް އިތުރުކޮށްދޭންޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އ.ދ. ގެ ނިޒާމާއި ބައިނަލްއަގުވާމީ ތަރައްގީގެ ޖަމާއަތްތަކާއި އަމިއްލަ ވިޔަފާރިތަކަށް ހަރަދުކުރާ ފަރާތްތަކުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި، ހިއްސާކުރެވިފައިވާ އަދި، ގުޅި ލާމެހިފައިވާ ވިސްނުމެއް ގެންގުޅެން ޖެހޭކަމުގައި ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ