މެދުއިރުމަތީގައި ރަފާހްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އދ.ގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ކުރި އަމުރަށް އިސްރާއީލުން ތަބާނުވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ޕްލެނަރީ ސެޝަންގައި ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވުމުގެ ކުރިން ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވަނީ މެދުއިރުމަތީގައި ރަފާހްގައި ތިބި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައިފައެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، އިސްރާއީލުން އެކުރާ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމުގައި ކޮންފަރެންސްގައި ބައިވެރިވާ ގައުމުތަކުގެ ވެރިން އެއްބައިވަންތަ ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ.
ރަފަހަށް އިސްރާއީލުން ދިން ހަމަލާތަކުގައި 40 އަށްވުރެ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އިސްރާއީލުން ހަމަލާ ދީފައި ވަނީ ރަފަހުގައި ރެފިއުޖީ ކޭމްޕުތައް ޖަހާފައިވާ ސަރަހައްދަކަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ