ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ދިވެހި ރައްޔިތުން ދީފައިވާ ބޮޑު އަގުލަބިއްޔަތު ބޭނުން ކުރާނީ ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް 20ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރުފަހު މަޖިލިސް އިދާރާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ މަޖިލީހުގެ އެހާ ބޮޑު މެޖޯރިޓީއެއް ޕީއެންސީ އަށް ދިވެހި ރައްޔިތުން ދިނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ފަދައިން ހަމަހަމަކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮތުމުން ކަމަށެވެ.
ވިހިވަނަ މަޖިލީހުގެ މެންބަރުން މިއަދު ވަނީ މެންބަރު ކަމުގެ ހުވާ ކުރައްވައިފައެވެ. އަދި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި މަޖިލިސް ރައީސް ކަމުގެ މަގާމަށާއި ނާއިބު ރައީސް ކަމުގެ މަގާމަށް ދެ ބޭފުޅުން ވަނީ އިންތިހާބު ކުރައްވައިފައެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ފުރަތަމަ ފަހަރަށް ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ދާއިރާތަކުގެ ރައްޔިތުންގެ ތާއިދު ހޯއްދަވައިގެން މެމްބަރުން މަޖިލީހަށް ވަޑައިގެންނެވީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ކަމަށާއި މަޖިލީހަކީ ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލިސް ކަމަށެވެ.
މަޖިލީހަކީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާނެ މަޖިލިސްކަން ފާހަގަ ކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މަސައްކަތްތަކުގަ އާއި ބަހުސްތަކުގައި ތަފާތު ހިޔާލާއި ވިސްނުމަށް ފުރުސަތު ލިބެންވާނެ ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
ރައްޔިތުންނަށް ފައިދާ ކުރާނަމަ ފުރަތަމަ ކުރަންވި ކަމަކީ މެމްބަރުންގެ މުސާރަ ކުޑަ ކުރުން. ދެ ވަނަ ކަމަކީ މެމްބަރުން 70 އާއި 75އަށް މަދު ކުރުން. ތިން ވަނަ ކަމަކީ ވަޒީފާ ދިނުމުގައި ހަމަހަމަކަން ޤާއިމު ކުރުން
އިއްބެ