އިއްޔެ ހުވާކުރި 20ވަނަ ރައްޔިތުންގެ މަޖިލީހުން ގެދޮރުވެރި ކަމަށް ހާއްސަ ކޮމެޓީއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެ ކޮމެޓީން އިތުރު އެހެން އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދާނެ ކަމަށާއި އެ ކޮމެޓީގެ ހަމައެކަނި މަސައްކަތަކަށް އޮންނާނީ ގެދޮރުވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކަމަށް ފަލާހް ވިދާޅުވިއެވެ. ފަލާހް ވިދާޅުވީ ކުރީ ސަރުކާރުގެ ގެދޮރުވެރިކަމާއި ގުޅުންހުރި މަޝްރޫއުތަކުގެ މަސައްކަތްތައް ވެސް އެ ކޮމެޓީން ކުރިޔަށް ގެންދާނެ ކަމަށެވެ.
ގެދޮރުވެރިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އަދި ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ގެދޮރުވެރިކަން ކަށަވަރު ނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށް ތަފާތު އެކި ފޯރަމްތަކުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އެ މަސައްކަތަށް އެމަނިކުފާނު މިހާރު ވެސް ވަނީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފަށައިފައެވެ.
ރަސްމާލޭގެ ނަމުން ނަން ދީފައިވާ އެ މަޝްރޫއުން 1153 ހެކްޓަރުގެ ބިން އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާނެއެވެ. އެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭނެ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށާއި އެތަނުގެ ބޮޑުމިން ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލުމުންވާވަރުގެ ތިން ރަށް ވަރުވާނެއެވެ.
ރާއްޖޭގެ އެހެން ރަށްރަށުން ފުށިދިއްގަރުފަޅަށް ހިޖުރަކޮށް، ގޯތި ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ. މީގެ އިތުރުން 65،000 ފްލެޓް އެ ތަނުގައި އިމާރާތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ތިޔަ ކޮމިޓީ އުފައްދައިގެން އަނެއްކާވެސް ފުލެޓު ކޮޅު ލިބޭނީ އަދުރޭ އާ ޚަލީލުގެ ޢާއިލާއަށް
އިއްބެގެދޮރުވެރިކަމާ ފުލެޓައް ވުރެ އަމިއްލަ ބިންކޮޅެއް އޮވެ ފައިސާ ނެތިފައި ތިބި އެތައް ސަތޭކަ ބައެއް އެބަތިބި. އެ ވާހަކަ ދައްކާނެ ކޮމިޓީއެއް ނެތް
އިއްބެ