ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ފުލުހުންނަށް ހުށަހަޅާ ރިޝްވަތާއި އިންޒާރުތަކަށް ނުގުޑުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސް ކުރައްވައިފިއެވެ.
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮޕް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައިދިނުމާއި ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ގާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބު ކަމަށެވެ.
އެކަން އެގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ދިވެހި ފުލުހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން މިއަދު ދިވެހި ފުލުހުންގެ ފަރާތުން އެދޭ ގިނަކަންކަން އެބަހުރި ކަމަށާއި ކުރާ ފޮނި އުންމީދުތަކެއް އެބަހުރި ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން، ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ މުޖުތަމައަކަށް ހެދުމާ ދިވެހި ރާއްޖެއަކީ ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގޮތަށް އޮތްއޮތުން ބަދަލުކުރުމާއި ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބޭރު މީހުންގެ ކަންކަން ގާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ މީގެ ތެރެއިން އެންމެ މުހިންމު ކަންކަަން ކަމަށް ވިދާޅުވިއެވެ. އަދި ތަމްރީނު ފުރިހަމަކޮށް ފުލުހުންގެ ސަފުތަކާ ގުޅޭ ފުލުހުންގެ ފަރާތުން މިދެންނެވި ކަންކަން ކާމިޔާބުކުރުމަށް، ވެރިންގެ އިރުޝާދާ އެއްގޮތަށް ގަދައަަޅައި މަސައްކަތްކުރުމަށް އެދިލެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަންކަން ވިޔަނުދިނުމަށް ދައުލަތުގެ އެތެރެއާއި ބޭރުން އަދި އެކަންކަން ކުރުމުގައި ޝާމިލުވާ މީހުންގެ ފަރާތުން ރިޝްވަތު ހުށަހެޅުމާއި އިންޒާރުދީ ބިރުދެއްކުމާއި ފުރައްސާރަކޮށް ފުލުހުންގެ މަސައްކަތަށް ހުރަސްއެޅުމަށް މަސައްކަތްކުރާނެ ކަމަށެވެ.
އެހެންނަމަވެސް ފުލުހުންގެ އަޒުމުގެ މަތީގައި ނުގުޑާ ތިބުމަކީ އަދި ކުރާ ހުވަޔާ އެއްގޮތަށް އަމަލުކުރުމަކީ އެފަދަ ހުރަސްތަކުގެ ތެރެއިން ވެސް މަގުސަދު ހާސިލުކުރުން ކަމަށް ވިދާޅުވިއެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް