އދ. ދަނގެތީ ކައިރީގައި ފާނަ މަސްވެރިކަމަށް ގޮސް އުޅުނު ބިދޭސީއެއްގެ ގައިމަތިން ލޯންޗު ދިއުމުގެ ކުރިން، އެ ބިދޭސީން ތިބީ ރައްކާތެރިކަމުގެ ގޮތުން މޫދުގައި ދިދަ ނަގައިގެންނެވެ. ދިދަ ނަގާފައި ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް އެތަނުގައި ބައެއް ތިބިކަން އަންގައިދިނުމުގެ ގޮތުންނެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 7:55 ހާއިރު ކަމަށެވެ. ލޯންޗުން ޖެހި ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުވަމުންދާ އެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުން ލޯންޗުން ޖެހި ޒަހަމްވި މީހާގެ ލެއިން މޫދު އޮތީ ރަތްވެފައެވެ. ލޯންޗުން ޖެހި އެ މީހާ އޮތީ ދެބުރިވެފައި ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެފައިވެއެވެ. ނަމަވެސް ވީޑިއޯއިން ފެންނަނީ ޒަހަމްވެފައި އޮތް މީހަކަށް މޫދުގައި އޮތް އިތުރު މީހަކު އެހީތެރިވާ މަންޒަރެވެ.
ވީޑިއޯއިން ފެންނަ ގޮތުން މާކްސް އަޅައިގެން، އޮތް އެ މީހާގެ މޭމަތިން ގިނަ އަދަދަށް މޫދަށް ލޭ ފޭދިފައި ހުއްޓެވެ. ފާނަ މަސްވެރިކަމަށް އެ ބިދޭސީން ދިޔައީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯންޏެއްގައި ދިވެއްސަކާ އެކުގައެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ލޯންޗުގެ ކެޕްޓަން ހައްޔަރުކޮށްފައިވާ ކަމަށެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ