ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން އެ ކޯޓުގެ ޝަރީއަތްތައް ބައެެއް ބާއްވަން ސިވިލް ކޯޓުގެ ހުޅުމާލެ ޑިިވިޝަންހިންގާ އިމާރާތް ވަގުތީ ގޮތުން ދީފި އެެވެ.
ކްރިމިނަލް ކޯޓުގެ އިމާރާތް ބާވެ، ބޭނުން ނުކުރެވޭވަރު ވުމުން، އެ އިމާރާތުގެ ބޮޑުބައި ބޭނުންކުރުން ހުއްޓާލީ 2023 ވަނަ އަހަރު އެވެ. އެހެންވެ, މިހާތަނަށް އެ ކޯޓުގެ ޝަރީއަތްތައް ބާއްވަމުން އައީ އެންމެ މާލަމެއްގައެވެ.
ކްރިމިނަލް ކޯޓުން ބުނީ ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަންގެ ތިން މާލަމެއް ކްރިމިނަލް ކޯޓަށް ލިބިފައިވާތީ ކްރިމިނަލް ކޯޓުގެ ހަ ސެކްޝަނެއްގެ ޝަރީއަތް އެތަނުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.
" އެހެންކަމުން، މިވަގުތު ހުޅުމާލެ މާލަންތަކާއެކު ޖުމްލަ 6 މާލަން ޝަރީއަތްކުރުމަށް ލިބިފައިވެ އެވެ." ކްރިިމިނަލް ކޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ހުޅުމާލޭން ލިބުނު ޖާގައާ އެކު ގާއިމްކުރެވުނު ހަ މާލަމް ފަނޑިޔާރުންގެ މެދުގައި އެކިދުވަސްތަކަށް ބަހާލައިގެން ޝަރީޢަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާއިރު، އިސްކަންދޭނީ ދުވަސްވީ މައްސަލަތަކާއި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިއަށް ގެންދަން ކަަމަށް ވެސް އެ ކޯޓުން ބުންޏެެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި