ރާއްޖޭން ހައްޖަށް ދިއުމަށްޓަކައި ދައްކަމުން ގެންދާ ފައިސާގެ އަގު ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ކުޑަ ކުރުމަކީ ހައްޖު ކޯޕަރޭޝަންގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ވިދާޅުވެއްޖެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި ޝަކީލް ވިދާޅުވީ ތިން އަހަރުގެ ތެރޭގައި ހައްޖަށް މީހުން ގެންދާ އަގު 50،000 ރުފިޔާ އަށް ކުޑަ ކުރުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. މިހާރު ހައްޖަށް ގެންގޮސް ދެނީ 69,965 ރުފިޔާ އަށެވެ. ޝަކީލް ވިދާޅުވީ ހައްޖަށް މީހުން ގެންދާ އަގު ކުޑަ ކުރުމަށް މަސައްކަތް ކުރުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ލަސްތަކެއް ނުވެ ހައްޖު ކޯޕަރޭޝަނަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
މިއަހަރު ރާއްޖޭން ހައްޖަށް ދާ މީހުން މިދިޔަ ހުކުރު ދުވަހު ވަނީ ފުރަން ފަށައިފައެވެ. ހައްޖުވެރިންގެ ދަތުރު ހަމަޖެހިފައިވަނީ ހަތަރު ގްރޫޕަކަށް ބަހަލާއިގެންނެވެ. ހައްޖުވެރިން ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ ސައުދީ އެއާލައިންގެ ފްލައިޓުންނެވެ.
ހުކުރު ދުވަހު ރާއްޖޭން 298 ހައްޖުވެރިން ވަނީ ފުރައިފައެވެ. ދެވަނަ ގްރޫޕް މިމަހުގެ ތިންވަނަ ދުވަހު ފުރާއިރު އެ ގްރޫޕް އިން 353 ހައްޖުވެރިން ފުރާނެއެވެ. ތިންވަނަ ގްރޫޕް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު ހަތެއްގައެވެ. އެ ގްރޫޕް އިން 339 ހައްޖުވެރިން ފުރާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ