މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން އުވާލައިފިއެވެ.
އެ ކޮމިޝަނަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އުފެއްދި ރިޔާސީ ކޮމިޝަނެކެވެ. އެ ކޮމިޝަން އުވާލިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރެއްގައި މިއަދު ވަނީ އިއުލާން ކުރައްވާފައެވެ.
އެ ގަރާރުގައި ރައީސް ވިދާޅުވީ މަރާލައިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފެއްދި ކޮމިޝަނަށް މަތި ކޮށްފައިވާ މަސައްކަތްތައް ނިމުމުން އެ ކޮމިޝަން އުވާލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މައްސަލަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހުމަދު ރިލްވާނާއި އަދި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގެ އިތުރުން އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ހިމެނެއެވެ.
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރު ނިމި، ރައީސް މުއިއްޒުގެ ސަރުކާރު ފެށުނުއިރުގައި ވެސް އެ މައްސަލަތައް ތަހުގީގުކޮށް ނުނިމެއެވެ. އެހެންކަމުން އެ މައްސަލަތަކުގައި ހިމެނޭ އާއިލާތަކުގެ އެދުމުގެ މަތީން މުއިއްޒު ވަނީ އެ ކޮމިޝަންގެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ދަންމާލައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ