ށ. މިލަންދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް "ގާތްގަނޑަކަށް" ނިމިއްޖެއެވެ.
އާރްޑީސީން ބުނީ މިލަންދޫ މަގުތަކުގައި ތާރު އަޅައި، ޕޭވްމަންޓުތައް ހަދައި، ފެން ހިނދާ ނިޒާމު ގާއިމުކޮށް، ޖުމްލަ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން މިލަންދޫ ނުވަ މަގަކާއި ތިން ގޯޅިއެއް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކޮށްފައިވެއެވެ. އެއީ ޖުމްލަ 6.3 ކިލޯމީޓަރެވެ. މަގުތަކުގައި ކޮނެގެން ކުރަންޖެހޭ މަސައްކަތްތައްވަނީ ނިމިފައިވާއިރު، ކާރބް ސްޓޯން ޖެހުމާއި ދުވާރުގެ މަސައްކަތްތަކުގެ %98 ވަނީ ނިންމާލެވިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2020 ވަނަ އަހަރުގެ މާޗު މަހުގެ 12 ގައެވެ. މަސައްކަތް އާރްޑީސީއާ ހަވާލުކުރީ 156,477,632.23 ރުފިޔާއަށެވެ.
"މަގު ބައްތި ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާއިރު، އެންމެ ގޯޅިއެއް ފިޔަވައި ތާރު އެޅުމުގެ މަސައްކަތްތައް ވެސް ނިންމާލެވިފައި. އަދި މިހާރު ކުރިއަށްދަނީ ސްޕީޑް ބްރޭކަރތައް ހެދުމާއި މަގުގައި ކުރަހަންޖެހޭ ނިޝާންތައް ކުރެހުމުގެ މަސައްތައް. އަދި މީގެ އިތުރުން ފިނިޝިންގ ގެ މަސައްކަތްދަނީ ކުރަމުން،" އާރްޑީސީން މީޑިއާތަކަށް ފޮނުވި ލިޔުމެއްގައިވެއެވެ.
މި މަސައްކަތް އާރްޑީސީއާ ހަވާލު ކުރި ދުވަސްވަރަކީ ކޯވިޑް-19 އާ ގުޅިގެން ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު ރާއްޖޭގައި އިޢުލާން ކުރި ދުވަހެވެ.
އެކަމާ ގުޅިގެން އާރްޑީސީން ހިންގަމުން އައި މަޝްރޫޢުތައް މިލަންދޫ ހިމެނޭހެން މަޑުޖައްސާލަން މަޖުބޫރުވި ކަމަށާއި ދަތުރުފަތުރުގެ ގޮންޖެހުންތަކާ އެކު މަޝްރޫޢުތައް ހިންގުމަށް ރަށްރަށަށް ދަތުރު ކުރުން ހުއްޓާލަންޖެހުނު ކްމަށް އާރްޑީސީން ބުންޏެވެ.
"މަޝްރޫޢުތަކަށް ބޭރުން ގެންނަ އެކިހަލަ ސާމާނާ ވަސީލަތްތައް ރާއްޖެ ނުގެނެވި ލަސްވި. އޭގެ އިތުރުން ރަށްރަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހުމުގެ އިތުރަށް ކޯވިޑް ލޮކްޑައުންގެ ސަބަބުން މުވައްޒަފުންގެ ޢަދަދު މަދުވުމުގެ ދަތިތަކާއިވެސް ކުރިމަތިލާންޖެހުނު،" އާރްޑީސީން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ